ތަޢާރަފު
بِسْمِ اللهِ الرَّحْمَنِ الرَّحِيمِ
إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
އަޅުގަނޑުގެ މި ވެބްސައިޓަށް ތިޔަ އެންމެހައި ޢިއްޒަތްތެރި ކިޔުންތެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވަމެވެ.
ވެބްސައިޓުގެ ފެށުމާއި މައިގަނޑު މަޤްޞަދު
މި ވެބްސައިޓަކީ އަޅުގަނޑު، ނަޡީމް ނިޡާމް، އެކި ދުވަސްވަރު ލިޔެ އެކުލަވާލާފައިވާ އެކިއެކި ލިޔުންތައް އެއްފުރާޅެއްގެ ދަށުން ފަސޭހަކަމާ އެކު ބަލައިލެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ނިޔަތުގައި ފެށުނު މަސައްކަތެކެވެ.
މި ޕްލެޓްފޯމް އިތުރަށް ފުޅާކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ޝަރުޢީ ދާއިރާއިން ތަޢުލީމު ޙާޞިލުކުރަމުންދާ އަގުހުރި ދަރިވަރުންނަށާއި، މި ދާއިރާއިން ދިރާސާތައް ކުރައްވާ އެންމެހައި ފަރާތްތަކަށް ބޭނުންތެރި ޢިލްމީ މަޢުލޫމާތުތަކާއި ކިޔެވުމަށް އެހީތެރިވެދޭނެ މުހިންމު ކަންކަން އެއްތަނަކުން ފަސޭހަކަމާ އެކު ލިބޭނެ މަގެއް ފަހިކޮށްދިނުމެވެ. އަޅުގަނޑުގެ އުންމީދަކީ މިއީ ކިޔަވާ ކުދިންގެ ޢިލްމީ ދަތުރަށް އަލިކަމެއް ގެނެސްދޭނެ، ބޭނުންތެރި މަރުކަޒަކަށް ވެގެންދިއުމެވެ.
ހެޔޮ ދުޢާ
އަޅަގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މި ކުޑަކުޑަ މަސައްކަތަކީ މުޅި މުޖުތަމަޢަށާއި، ޚާއްޞަކޮށް ޢިލްމު ހޯދުމަށް މަސައްކަތްކުރާ އެންމެހައި ދަރިވަރުންނަށް ދެ ދުނިޔޭގައި ވެސް ނަފާވެރި، ބަރަކާތްތެރި ޢަމަލެއް ކަމުގައި ލައްވައި، އަޅަމެންގެ މި މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި އިތުރު ހެޔޮ ތައުފީޤު މިންވަރުކުރެއްވުމެވެ.
އިޚްލާޞްތެރި ޝުކުރު
މި ވެބްސައިޓު ޒަމާނީ ފެންވަރަކަށް، ބަލާލަން ފަސޭހަ އަދި ފުރިހަމަ ގޮތެއްގައި ފަރުމާކޮށް ޑިޒައިންކޮށްދެއްވި ކަމަށް ޓަކައި އަޚް އާދަމް މުޙައްމަދަށް ނުހަނު އިޚްލާޞްތެރިކަމާ އެކު ފަށްފަށުން ޝުކުރު ދަންނަވަމެވެ.
މައްސަލައެއް ރިޕޯޓުކުރެއްވުމަށް
ވެބްސައިޓުގައި މައްސަލައެއް ނުވަތަ ކުށެއް ފެނިވަޑައިގެންފިނަމަ އަންގަވާލައްވާ.
