ފިޤުހުފޮތް
ޤުރުއާން

މައްކީ އަދި މަދަނީ ސޫރަތްތައް ދެނެގަތުމުގެ ފައިދާ

ނަޡީމް ނިޡާމް22 އޯގަސްޓު 20263 މިނެޓުގެ ކިޔުން

މައްކީ އަދި މަދަނީ ސޫރަތްތައް ދެނެގަތުމަކީ ޢުލޫމުލް ޤުރުއާނުގެ (އެބަހީ: ކީރިތި ޤުރުއާނުގެ ޢިލްމުތަކުގެ) ތެރެއިންވާ ވަރަށް މުހިއްމު ބައެކެވެ. އަދި އެއީ އޭގައި މުހިއްމު އެތައް ފައިދާތަކެއް އެކުލެވިގެންވާ ކަމެކެވެ. އޭގެ ތެރޭގައި

މިއީ ކީރިތި ޤުރުއާނުގެ މައްކީ އަދި މަދަނީ ސޫރަތްތައް ދެނެގަތުމުގެ އެންމެ މުހިއްމު އެއް ފައިދާއެވެ. އެއީ ކީރިތި ޤުރުއާނަކީ މުޚާޠަބުކުރުމުގައި ބަލާޣާތްތެރިކަމުގެ ގޮތުން އެންމެ މަތީ ދަރަޖައިގެ ފޮތެއްކަން އަހަރުމެން ދެނެގަތުމެވެ. އެހެނީ އެ ފޮތުގައި ކޮންމެ ބަޔަކާވެސް މުޚާޠަބުކޮށްފައި ވަނީ އެ ބައެއްގެ ޙާލަތާ އެންމެ އެކަށީވެގެންވާ ގޮތަށެވެ.އަހަރުމެންވެސް ކީރިތި ޤުރުއާނުގެ މި އުސްލޫބުގައި ހިފެހެއްޓުމަކީ ނުހަނު ފައިދާ ކުރާނޭ ކަމެކެވެ. އަހަރެމެންވެސް ބަޔަކާ މުޚާޠަބުކުރަން ވާނީ އެ ބައެއްގެ ޙާލަތާއި އެކަށީގެންވާ ގޮތަކަށެވެ. އެހެނީ ބަލާޣާތްތެރި ގޮތަކީ މިއީއެވެ. އަދި އެންމެ މޮޅުއިތުރުވެގެންވަނީވެސް މި ގޮތެވެ. ޖާހިލުކަން ކުޑަ މީހަކާއި ޢިލްމުން މިންވަރެއް ލިބިގެންވާ، ގޮތްދޫނުކުރާ މީހާ އެއްފަދަވެގެން ނުވެއެވެ. ދެވަނަ މީހާއާ މުޚާޠަބުކުރުން ވަނީ ހަރު ގޮތެއްގައެވެ. އަދި ފުރަތަމަ މީހާއާ މުޚާޠަބުކުރުން ވަނީ މަޑުމައިތިރިކޮށެވެ

މިއީވެސް ކީރިތި ޤުރުއާނުގެ މައްކީ އަދި މަދަނީ ސޫރަތްތައް ދެނެގަތުމުގެ ފައިދާއެކެވެ. އިސްލާމީ ޝަރީޢަތް ބާވައިލެއްވުމުގެ ޙިކުމަތް އަހަރެމެން ދެނެގަތުމެވެ. ޝަރީޢަތް އެކީއެކަށް އެއްފަހަރާ ބާވައިލެއްވުނު ނަމަ، އެކަން ވަރަށް އުނގަދޫކަމަކަށް ވާނެއެވެ. އެހެން ނަމަވެސް އިސްލާމީ ޝަރީޢަތް ބާވައިލެއްވުނީ ބައިބަޔަށެވެ. މީގެ މިޘާލަކީ ޝަރީޢަތުގެ އެންމެ ކުރީކޮޅު ރޯދަ، ޒަކާތް އަދި ޙައްޖު ފަރުޟު ނުކުރައްވެއެވެ. ނަމަވެސް މިކަންކަން ފަރުޟު ކުރެވުނީ މަދަނީ އާޔަތްތަކުގައެވެ.ޙިކުމަތްތެރި ގޮތަކީ އެންމެ މުހިއްމު ކަންކަން އިސްކުރުން ހެއްޔެވެ؟ ނުވަތަ އެންމެ މުހިއްމު ގޮތް ފަސްކުރުން ހެއްޔެވެ؟ޝަރީޢަތް ބާވައިލެއްވުމުގައި ޙިކުމަތްތެރި ގޮތަކީ އެންމެ މުހިއްމު ކަންކަމަށް އިސްކަން ދިނުމެވެ.ދެން ސުވާލަކީ ދީނުގެ ކަންކަމަށް ދަޢުވަތުދޭ މީހާއަށް މި ގޮތަށް ޢަމަލުކުރެވޭނެ ހެއްޔެވެ؟ޖަވާބު: އާނއެކެވެ. މާނައަކީ އަހަރެމެންނަށް ވަރަށް ބައިވަރު މުންކަރާތްތަކަށް އަރައިގަންނަ މީހަކު ފެނިއްޖެނަމަ، އޭނާއަށް ނަޞޭޙަތް ދޭން ފަށާނީ އެންމެ މުހިއްމު ކަމުންނެވެ. ހަމަ އެހެންމެ ދީނުގައިވާ އަމުރުތައް މީހަކަށް ކިޔައިދޭއިރުވެސް އެކީއެކަށް ކިޔައި ނުދޭނެއެވެ. ނަމަވެސް އަމުރުތައް ކިޔައިދޭނީ އެންމެ މުހިއްމު ކަންކަމުން ފެށިގެން ބައިބަޔަށެވެ.މީހަކު މާތް اللهގެ މަގަށް ދަޢުވަތު ދިނުމަށް ކޮންމެވެސް ޤައުމަކަށް ދިއުމާ އެކު އޭނާއަށް އެބައިމީހުން ތަފާތު އެކި ބިދުޢަތަކާ އަދި ޚުރާފާތްތައް ގެންގުޅޭތަން ފެނުމުން، އެބައިމީހުންނާ އެންމެ ފުރަތަމަ ވާހަކަ ދައްކަން ފަށާނީ އެބައިމީހުން އޭނާގެ ވާހަކަ އަޑުއަހާ ފަދަ ވާހަކަތަކުންނެވެ. މިޘާލަކަށް: ނަމާދު ނުވަތަ ސުވަރުގެ ނުވަތަ ނަރަކަ ފަދަ ދެފަރާތުން ވެސް އެއްގަލަކަށް އަރާ ވާހަކަތަކުންނެވެ. އެއީ އެބަމީހުންގެ ހިތްތައް މަޑުމޮޅިވެ، އޭނާގެ ވާހަކަތައް އަޑުއަހަން ތައްޔާރުވަންދެނެއެވެ. އެންމެ ފުރަތަމަ ދާގޮތަށް މި ފަދައިން ނުބުނާއެވެ. “އޭ ބިދުޢަވެރި ދީނުގެ ކަންކަމާ ޚިލާފު މަގުފުރެދިފައިވާ މީހުންނޭވެ! ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.” އެހެނީ މިފަދައިން އެންމެ ފުރަތަމަވެސް ބުނެފި ނަމަ ދެން އޭނާގެ ވާހަކަތައް އެބައިމީހުން އަޑު ނާހާނެއެވެ. الله ތަޢާލާގެ އަންނަނިވި އާޔަތާ މެދުގައި ވިސްނަވާށެވެ

﴿وَلَا تَسُبُّوا الَّذِينَ يَدْعُونَ مِن دُونِ اللَّهِ فَيَسُبُّوا اللَّهَ﴾
اللَّه ފިޔަވާ، އެބައިމީހުން އަޅުކަންކުރާ ތަކެއްޗަށް ތިޔަބައިމީހުން އެއްޗެހިގޮވައި ނަހަދާށެވެ! އޭރުން ނޭނގިތިބެ އެބައިމީހުން ޢަދާވާތްތެރިކަމުގެ ގޮތުން، اللَّه އަށް އެއްޗެހި ގޮވައިފާނެތެވެ
سُورَةُ الأَنعَام 108
س
މިފަދައިން އެންމެ ފުރަތަމަވެސް ބުނެފި ނަމަ ދެން އޭނާގެ ވާހަކަތައް އެބައިމީހުން އަޑު ނާހާނެއެވެ. الله ތަޢާލާގެ އަންނަނިވި އާޔަތާ މެދުގައި ވިސްނަވާށެވެ
ج
اللَّه ފިޔަވާ، އެބައިމީހުން އަޅުކަންކުރާ ތަކެއްޗަށް ތިޔަބައިމީހުން އެއްޗެހިގޮވައި ނަހަދާށެވެ! އޭރުން ނޭނގިތިބެ އެބައިމީހުން ޢަދާވާތްތެރިކަމުގެ ގޮތުން، اللَّه އަށް އެއްޗެހި ގޮވައިފާނެތެވެ
ޙަދީޘް
حَدَّثَنَا الْحُمَيْدِيُّ عَبْدُ اللَّهِ بْنُ الزُّبَيْرِ، قَالَ حَدَّثَنَا سُفْيَانُ، قَالَ حَدَّثَنَا يَحْيَى بْنُ سَعِيدٍ الأَنْصَارِيُّ، قَالَ أَخْبَرَنِي مُحَمَّدُ بْنُ إِبْرَاهِيمَ التَّيْمِيُّ، أَنَّهُ سَمِعَ عَلْقَمَةَ بْنَ وَقَّاصٍ اللَّيْثِيَّ، يَقُولُ سَمِعْتُ عُمَرَ بْنَ الْخَطَّابِ ـ رضى الله عنه ـ عَلَى الْمِنْبَرِ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏"‏ إِنَّمَا الأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إِلَى دُنْيَا يُصِيبُهَا أَوْ إِلَى امْرَأَةٍ يَنْكِحُهَا فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ ‏"
އަދި ޞަޙީޙުލް ބުޚާރީގައި އިބްނު ޢައްބާސް رَضِي اللهُ عَنْهُمَا ގެ ޙަދީޘެއްގައި ވެއެވެ.ހިލާލު ބުން އުމައްޔާ އެކަލޭގޭފާނުގެ އަނބިކަނބަލުންނަށް ޤަޛުފު ކުރެއްވިއެވެ. ފަހެ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. “ކަލޭގެފާނުގެ މައްޗަށް ވަނީ ހެކިވެރިން ގެނައުމެވެ. ނުވަތަ (ހެކިވެރިން ނުގެނެވިއްޖެނަމަ) ކަލޭގެފާނުގެ ގައިގައި ޙައްދު ޖެހުމެވެ.”
10
ޙިއްޞާކުރައްވާWhatsAppTelegramViberFacebook
މިބާވަތުގެ އިތުރު ލިޔުންތައް