ފިޤުހުފޮތް
ފިޤުހު

އޮށޯވެ އޮވެ ޤުރުއާން ކިޔެވިދާނެތަ؟

ނަޡީމް ނިޡާމް26 އޯގަސްޓު 20261 މިނެޓުގެ ކިޔުން

الحمد لله.

އޮށޯވެ އޮވެ މުޞްޙަފުން ޤުރުއާން ކިޔެވުމުގައި އެއްވެސް މައްސަލައެއް ނެތެވެ.

ނަބިއްޔާ صلى الله عليه وسلم، ޢާއިޝާ رضي الله عنها ގެ އުނގުފުޅުގައި އޮންނަވައި ޤުރުއާން ކިޔަވާ ވިދާޅުވާކަމުގައި ބުޚާރީ އަދި މުސްލިމުގައި ރިވާވެގެންވެއެވެ. [1]

ޞަޙީޙު މުސްލިމުގެ ޝަރަޙައިގައި (އިމާމު) ނަވަވީ (ނޔވ 676) ވިދާޅުވެފައިވެއެވެ.

“އޮށޯވެ އޮވެގެންނާއި އަދި ލެނގިގެން ތިބެ ޤުރުއާން ކިޔެވުން ހުއްދަ ކަމަށް އޭގެން އެނގިގެންދެއެވެ.”

އައްޝައިޚް ޞާލިޙުލް ފައުޒާން ވިދާޅުވެފައިވެއެވެ.

“އޮށޯވެ އޮންނަ މީހާ ބިންމަތީގައި ނުވަތަ އެނދެއްގައި އޮށޯވެ އޮވެ ޤުރުއާން ކިޔެވިކަމުގައިވިޔަސް މައްސަލައެއް ނެތެވެ. ފަހެ އިންސާނާ ކޮޅަށް ހުރެ ޤުރުއާން ކިޔެވި ކަމުގައިވިޔަސް ނުވަތަ އިށީނދެ އިނދެ ޤުރުއާން ކިޔެވި ކަމުގައިވިޔަސް ނުވަތަ އޮށޯވެ އޮވެ ޤުރުއާން ކިޔެވި ކަމުގައި ވިޔަސް މައްސަލައެއް ނެތެވެ. އަދި ހިތުން ދަސްކޮށްފައިވާ ބައި މުޞްޙަފަކާއި ނުލައި ކިޔަވާނަމަ، ކުޑަ ޙަދަޘް ވެރިވެފައި ހުރެ ކިޔެވިކަމުގައި ވިޔަސް މައްސަލައެއް ނެތެވެ.” [2]

ނޯޓު: ކުޑަ ޙަދަޘްވެރިވުމަކީ ވުޟޫ ކުރުން ވާޖިބުވާ ކަމެއް މެދުވެރި ވުމެވެ.

والله أعلم

۞

މަޞްދަރު

[1] البخاري (٧٥٤٩) ومسلم (٣٠١)

[2] المنتقى من فتاوى الفوزان

6
ޙިއްޞާކުރައްވާWhatsAppTelegramViberFacebook
މިބާވަތުގެ އިތުރު ލިޔުންތައް